
ޖިއޮލޮޖިސްޓުންނާއި ސައިންސްވެރިންގެ ހޯދުންތަކުން ސާބިތުކޮށްދެނީ އެންމެ އެވޭލާ ޒަމާނުގައިވެސް ދުނިޔޭގައި ބިމާއި ކަނޑުއޮތް ކަމަށެވެ. މީގެ 225 މިލިއަން އަހަރު ކުރިން ދުނިޔޭގެ ބިންއޮތީ އެއްބައްރަކަށް ހިކި އެކަތިގަނޑެއްގެ ގޮތުގައެވެ. މި ބިންއޮތީ ދުނިޔޭގެ ދެބައިކުޅަ އެއްބައިގައި އޮތް continent ކޮންޓިނެންޓް އެއްގެ ގޮތުގައެވެ. މިދެންނެވި ބިޔަ ކޮންޓިނެންޓް ނުވަތަ ސުޕަކޮންޓިނެންޓް އަށް ސައިސްވެރިން ދީފައިވާ ނަމަކީPangaea “ޕޭންޖިއާ” އެވެ. މިއީ ގްރީކް ބަހުން މުޅިދުނިޔެއަށް ކިޔާފައިވާ ނަމެކެވެ. މި ސުޕަ ކޮންޓިނެންޓްގެ ވަށައިގެންވާ ކަނޑުގެ ނަމަކީ “ޕެންތަލެއްސާ”Panthalassa އެވެ.

Panthalassa (Greek meaning ‘all seas’), also known as the Panthalassic Ocean, was the vast global ocean that surrounded the super continent Pangaea. (Wikipedia)
ގާތްގަނޑަކަށް މީގެ 136 މިލިޔަން އަހަރުކުރިން ” ޕޭންޖިއާ” ނުވަތަ މިދެންނެވި ސުޕަ-ކޮންޓިނެންޓް ދެބައިވެ ވަކިވެގެން ދިޔައެވެ. މީގެ އިރުއުތުރުގައި އޮތް ބަޔަށް ކިޔަނީ “ލައުރޭޝިއާ”Laurasia އެވެ. ދުނިޔޭގެ އުތުރުގައި މިހާރުވާ ކޮންޓިނެންޓް ތައް އުފެދުނީ “ލައުރޭޝިއާ” އިންނެވެ. ދެކުނުގައި އޮތް ބަޔަށް ކިޔަނީ Gondwanaland “ގޮންޑުވާނާލޭންޑް” އެވެ. ދުނިޔޭގެ ދެކުނުގައި މިހާރުވާ ކޮންޓިނެންޓްތައް އުފެދުނީ މިބައިންނެވެ. “ގޮންޑުވާނާ ލޭންޑް” އާއި “ލައުރޭޝިއާ” އާއި ދެމެދުގައި “ޓެތިސް” Tethys Sea ނަމަކަށް ކިޔާ ކަނޑެއް އޮތެވެ.

ދެކުނުގައިވާ “ގޮންޑުވާނާ ލޭންޑް” ބައިބައިވަމުން ދިޔުމުގެ ތެރޭގައި އެފްރިކާއާއި އެމެރިކާއާ ދޭތެރޭގައިވާ އެޓްލާންޓިކް ކަނޑު އުފެދުނެވެ. ކޮންޓިނެންޓް ތައް މިފަދައިން ވަކިވެގެންދިޔައިރު، ޕްލޭޓްތައް ދުރުވެ ބިންގަނޑު ފެޅި ފޭވަމުން ދިޔައެވެ. މިގޮތުން ފޭވަމުން ދިޔަތަންތަނަށް، ބިމުގެ ތެރޭގައި ވިރެމުންދިޔަ ހިލަތައް އުތުރިއަރާ އެޅެމުން ފުރެމުންދިޔައެވެ. ކަނޑުގެ އަޑީގައިވާ ބިން އުފެދެމުންދިޔައީ މިގޮތުންނެވެ. ” ލޯރޭޝިއާ” ރޫޅިގެންގޮސް، ދުނިޔޭގެ އުތުރުގައި މިހާރު މިއޮތް ކޮންޓިނެންޓްތައް އުފެދި ނިމިފައިވާކަމަށް ލަފާކުރެވެނީ މީގެ 65 މިލިއަން އަހަރު ކުރިންނެވެ.



Leave a Reply